ކޮރޯނާވައިރަހުގެ ސަބަބުން ކުދިވިޔަފާރިތަކަށް ލިބުނު ގެއްލުންތަކާއި ގުޅިގެން އެމެރިކާގެ ޤާނޫނު ހަދާމަޖިލީހުން އިތުރު ބަޖެޓެއް ފާސްކުރުމަށް މިހާރު އެއްބަސްވުމަކަށް އާދެވިފައިވާކަމަށް އެމެރިކާގެ ޓްރެޝަރީގެ ސެކްރެޓަރީ ސްޓީވްނޫޗިންގ މިއަދު ސީއެންއެންއަށް ދިން އިނޓަވިއުއެއްގައި، ހާމަކުރައްވާކަމަށް ރޮއިޓާސްއިން ބުނެފައިވއެވެ.

އަދި އާދީއްތަދުވަހު މިކަމަކަށް ވަކިގޮތެއް ނިމިގެންދާނޭކަމަށް އުންމީދުކުރާކަމަށް އެފަރާތުން ބުނެފައިވެއެވެ.

އެމެރިކާގެ ބައެއްސްޓޭޓްތަކުގައި ކޮރޯނާއާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް ކުރިއަށް އޮތް ހަފާތާގެ ތެރޭގައި ލުއިކުރުމަށް ހަމަޖެހިފައިވާކަމަށް ޓްރަމްޕް ވިދާޅުވެފައިވާ އިރު ނޫޗިންބުނެފައިވަނީ ކުދިވިޔަފާރީގެތެރެއިން ލޯނު ބޭނުންވާފަރާތްތަކަށް 300  ބިލިއަން ޑޮލަރުގެ ބަޖެޓެއް ހަމަޖެހިގެން ދިއުމަކީ އެކަށޭނެ އަދަދެއްކަމަށެވެ. އަދި މިބިލަކީ ޑިމޮކްރެޓުން މިހާރު މަޖިލީހުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފާ ސްމޯލް ބިޒްނަސް ލޯނުގެ ބޭރުން ކުރިއަށް ގެންދަންބޭނުންވާ ބިލެއްކަމަށް ނޫޗިން ބުނެފައިވެއެވެ. އަދި މިބަޖެޓަކީ ކޮރޯނާއިކޮނޮމިކް ރިލީފް ޕްލޭންގެ ދަށުން ކަނޑައެޅި 2.3 ޓްރިލިއަން ޑޮލަރުގެ ބަޖެޓުގެ ބަޔަކަށްވާއިރު މިހާރު އެފައިސާ ބޭނުންކޮށް ހުސްވެފައިވާކަމަށް ސީއެން.އެން ބުނެއެވެ.

President Donald Trump speaks about the coronavirus in the Rose Garden of the White House, Wednesday, April 15, 2020, in Washington. (AP Photo/Alex Brandon)

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *