މާދަމައަކީ ރޯދަމަހުގެ ފުރަތަމަ ދުވަސްކަމުން އެކަމަށް ވާންޖެހޭ ތައްޔާރީތައް ވުމާއި ގެއަށް ބޭނުންވާތަކެތި ހޯދުމުގެ ފިކުރުގައި ހުއްޓާ ރޭފަތިހު 5:30 ހާއިރު ފެނުނީ މާލޭ ބޭރުތޮށިކައިރއަށް ރަށްފުށުގެ ބޯޓެއްކަރިކޮއްގެން އުޅެނިކޮށްނެވެ. އެބޯޓަކީ ރަށްފުށުން އައި ބޯޓަކަށް ވުމުން އެތަނުން އެއްޗެއް ލިބޭތޯ ބެލުމަށް އަންހެނުނާއެކު ގޮސްހުއްޓާ އަންހެނުންގެ މަންމަގެ ރަށުން ލިބުނު 3 ވަރަށްކަށް ހަދިޔާކޮޓަޅު ދަންނަ މީހަކު އަންހެނުންނަށް ދިއްކޮއްލިއެވެ. ލަސްތަކެއްނުވެ އެތެރެ ބަލާލިއިރު ފެނިގެން ދިޔައީ ތިންކޮތަޅުގައިވެސް ސީދާ ބޭނުންވާ ތަކެއްތި ހުރިތަނެވެ. އެއްކޮތަޅުގައި ފުރާ ހުރީ ގިތެޔޮމިރުހެވެ. އަނެއްކޮތަޅުގައި ހުރީ ހިކަނޑިފަތެވެ. އަދި އަނެއްކޮތަޅުގައި ހުރީ ރާނބާފަތެވެ. ކޮންމެ އަކަސް މިއޮތް ދަތި ދުވަސްވަރުގައި ރޯދަޔަށް ބޭނުންވާ މުހިން ބއެއްތަކެތި ލިބުމުން، ވީއުފަލުން ކޮތަޅުތައް އަތަށްމަހާލައި ހިފައިގެން ދާން އުޅެނިކޮށް ރައްޓެއްސެއްގެ ފިކަޕެއްދާތަން ފެނިގެން އޭގައި ގެއާއި ހަމައަށް ގެންގޮސް ދިނުމަށް އެދުމުން އަރުވައިގެން ހިނގައްޖެއެވެ. އަދި އަންހެނުން އިތުރު ސާމާނުހޯދުމަށް ބޭނުންވާތީ ބާޒާރުމަތީ މަޑުކުރުމުން އަހަރެންދިޔައީ ޕިކަޕްގައެވެ. ޕިކަޕް ހިސާބުގަނޑުގެ ގެޔަކަށް ދިޔައިރު އޭގައިވެސް ގިނަ ކޮތަޅުތަކެއް ހުރުމުން ، އަންހެނުނަށް ލިބުނު ކޮތަޅު ފާހަގަކުރަން އުނދަގޫވެއްޖެއެވެ.  އެހެންކަމުން އަންހެނުންނަށް ގުޅަނިކޮށް ވާރޭވެސް ވެހެންފަށައިފިއެވެ. ދެން އެތާހުރި ގަރާޖެއްގެ ތެރޭގައި މަޑުކޮށްގެން ހުރެހުރެ ފޯނު ނުނަގައިގެން އެކަމާ ކަންބޮޑުވެފައި ހުއްޓާ، އެންމެ ފަހުން ނިދިންހޭލެވިގެން ގަޑިބެލި ހެނދު 9:00 ޖެހީއެވެ. އެވަގުތު ހިތައް އެރިއެވެ. އަންހެނުން އަޅެ ފޯނުނެގި ނަމަ ރޯދައަށް އެތަކެތި ބޭނުންކުރެވުނީހެވެ.

ދެން އިރުކޮޅަކުން މުޅިން ނިދިން ހޭލައިގެން ވިސްނާލިއިރު އަދި ކިރިޔާ މިއެނގުނީ މިއީ ހުވަފެނެއްކަމެވެ. އަދި ޔަޤީންކޮއްލަން އަންހެނުންކައިރީ ރޭފޯނު ކޯލެއް ލިބުނުތޯ އަހާލުމުންވެސް ނުލިބޭ ވާހަކަ ބުންޏެވެ. އެކަމަކު އަދިވެސް ހީވަނީ އެއީ ހަމަ ޙަޤީގީ ކަމެއްހެނެވެ.

ލިއުނީ: މުޢުތަބަރު

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *