ކޮރޯނާމިވަނީ އިންސާނުން އެކަކު އަނެކަކަށް ހަމަހަމަ ކުރުވި ، ކުލައެއް ،އިސްކޮޅެއް ، ފަޤީރު،މުއްސަޖަކަށް  އަދި ރައްކާތެރިކަމަށް ބެލިނަމަވެސް އެންމެންނަށް އިޖްތިމާޢީ މެސެޖެއްފޯރުކޮށްދީފައެވެ.  މިގޮތަށް ތިބެއްޖެނަމަ ދިރިއުޅުމަކީ ކިހަވަރެއްގެ އެއްޗެއްކަން އިޙްސާސްކުރެވޭނެ ފުރިހަމަ އިމްތިޙާނަކާވެސް އެކުގައެވެ.ވިޔަފާރިތައް ނިކަމެތިވެ ބައެއްފަރާތްތައް ވަޒީފާއިން ވަކިކުރިއިރު އަނެއްބަޔަކު ވަޒީފައިން ވަކިވެގޮސްފައިވަނީ އަމިއްލަ ސަލާމަތާ ރައްކާތެރިކަމަށް މާޙައުލާ ދުރައްދިއުމަށްޓަކައެވެ.

މިއަދު ކޮންމެ މީހަކު ކޮންމެ ނިންމުމެއް ނިންމަންޖެހިފައިމިވަނީ އަމިއްލަ ފުރާނަ ސަލާމަތްކުރުމަށްޓަކައެވެ. އަމިއްލަ ނަފްސާއި ޢާއިލާތަކާއި ދޭތެރޭ މިއަދަށްވުރެބޮޑަށް ވިސްނަންޖެހިފައިވާ ދުވަސްވަރެއް މިޤަރުނުގައި އަދި އައސްފައިނުވެއެވެ. އަދި ހުރިހާ ވިސްނުމަކާއި ފިކުރަކާއި، ގޮތްހުސްވެގެންގޮސް ހެއްދެވިފަރާތަށް ނުވަތަ ކުޅަދުންވަންފަރާތަކަށް އަތްހިއްލާނުލާ މީހަކު މަދެވެ. ބޮޑެތި ޤައުމުތަކުގައި ތަނަވަސްކަމާއި،  އުންމީދުންފުރިގޮސް ކޮށްފައިވާ ބޮޑެތި އިންވެސްޓްމެންޓްތައް ހުއްޓުމަކަށް އައިސް އެވިޔަފާރިތަކުގެ ވެރިން އަމިއްލައަށް މުދާހަލާކުކުރަމުންދިޔަތަން ވަނީ ފެނިފައެވެ. އަދި އެތަކެއް ބައެއްބަލަހައްޓަމުންދިޔަ ބޮޑެތި ކާރުޚާނާތަކުން މީހުން މަދުވެ އެތަންތަން ބެލެހެއްޓޭނެގޮތެއްނުވެ ކަރަންޓާއި ޓެމްޕަރޭޗަރގެ މައްސަލަދިމާވެ ގިނަ ޢަދަދެއްގެ ވިޔަފާރިވަނީ އަނދާހުލިއަށްވެފައެވެ. ޢިމްރާނީ ބޮޑެތި މަސައްކަތުގައި ކޮންކްރީޓް އެޅުމަށް އަތުރާފައިވާ ފިލާތަކާއި ދަނގަޑުތައް އަޅާނުލެވިހުރިއިރު، އޭގެ މައްޗަށް ބަރޯސާވެ ޢާމްދަނީ ހޯދުމަށް މަސައްކަތްކުރަމުންދާ އެތަކެއް ބައެއްގެ އުންމީދުތައް މިދަނީ ފެނަށް ދަމުންނެވެ.

މިދަނޑިިވަޅުގައި އެންމެންގެ ވިސްނުމާއި ފިކުރު ހުއްޓިފައިވަނީ ސަރުކާރުގެ ނިންމުންތަކަށެވެ. ސަރުކާރުތަކުން އެންމެން ސަލާމަތްކުރުމަށް ފިޔަވަޅު އަޅަމުންދާއިރު މަދުންނަމަވެސް ބައެއްފަރާތްތަކަށް ދަނީ ބޮޑެތި އަނިޔާލިބެމުންނެވެ. . ކޮންމެ ފަރުދަކީ ޢާއިލާއަކަށް ނިޞްބަތްވާފަރާތެކެވެ. ޒަރޫރީ ބޭނުންތަކަކީ ތަރައްޤީނުވާ ގަޢުމުތަކުގައި އަބަދުމެ ހޯދަންޖެހިވާ އެއްޗެކެވެ. ޢާމުކޮށް ސަރުކާރުން ގޮވާލާގޮވާލުންތަކުގައި އެންމެނާ ގުޅޭ އަދި އެންމެނަށް އެކަށީގެންނުވާ ކަންކަން ހުރެދާނެއެވެ. އަދި ޢާއިލާތަކުގައި ތިބި އެންމެނަށް އެކަށީގެންވާގޮތުގައިގޮތުގައި އަޅާނުލެވޭ ޙާލަތުވެސް އަތުވެދާނެއެވެ. ނަމަވެސް އަމިއްލަ ފަރުދަކަށްވެސް އެފަރާތުގެ ޢާއިލާއަކަށް ނުވަތަ ދަތިޙާލުގައިޖެހިފައިވާ މީހަކަށް އެހީތެރިވުމުގައި ލިބެންޖެހޭ ޙައްގެއް ނުވަތަ ކޮންމެހެން ކުރަންޖެހޭ ކަމެއްކުރުމަށް ފުރުޞަތު އެއްކޮށް ބަންދުވެފައި އޮތުމަކީ ބަލައިގަނެވޭނެ ކަމެއްނޫނެވެ. އެހެންކަމުން ދައުލަތުގެ ބަޖެޓަކީ އެންމެން އެއްކޮއްފައިވާ ބެޖެޓެއްކަމުން ، މިފަދަ ދަނޑިވަޅުތަކުގައި ޢާމުންނަށް ސަރުކާރުގެ ޚިދުމަތްފޯރުވުމުގައިއާއި ޢާމުންނަށް މަގުދެއްކުމުގައި ދިމާވާ އެންމެބޮޑު ޢާމްދަނީއާއި ކާބޯތަކެތީގެ މައްސަލައަކީ ސަމާލުކަންދޭންޖެހޭ ކަމެކެވެ. ޢާމުރައްޔިތުންނަކީ ދައުލަތުގެ ބަޖެޓްތައް ހުސްވުމުން އަނެއްކާވެސް ޖަމާކުރަންތިބި ޢާމުރައްޔިތުންކަން ހަނދާންކޮށް ، ވީހާވެސްބޮޑަކަށް ހަމަހަމަކަމާއެކު އެހީ ފޯރުކޮށްދިނުމާއި ޤަވާޢިދުތަކާއި އެހެނިހެން ކަންކަން ތަންފީޒުކޮށް ބެހެއްޓުމަކީ މިފަދަ ދަނޑިވަޅެއްގައި ވަރަށް ކެތްތެރިކަމާއެކު ކުރަންޖެހިފައިވާ ޗެލެންޖިން މަސައްކަތެކެވެ.

ދުނިޔެއަށް މިދިމާވެފައިވާ ދަނޑިވަޅަކީ އެންމެން ޙަސަދަވެރިކަމާއި ބޮޑާކަމުން ސަލާމަތްވެ އެކުވާންވީ ދަނޑިވަޅެކެވެ. އެކުގައި ސަލާމަތްވާންވީ ދަނޑިވަޅެކެވެ. ދުނިޔޭގެ ދިރިއުޅުމަކީ ވަކިފަރާތަކުން ދެއްވި އެއްޗެއްކަމާއި އެންމެ އިސްކަމެއް ދޭންވީ އެފަރާތަށާއި އެފަރާތުން ދެއްކިމަގަށް އުޅުންކަން މިފަދަ ޙާދިސާތަކުން ހަނދާންކޮށް ، ދަސްކޮށް އެންމެނަށް އެހީތެރިވުމުގައި ހިހޫތަނުން ކެއުންދޫކޮށް ބަލަންޖެހިފައިވާ ދަނޑިވަޅެކެވެ..

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *